
-
ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ނޮވެމްބަރު މަހުގެ 6 އިން 8 އަށް ކުރިއަށް ގެންދާ "ވަރަ އެކްސްޕޯ" ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބައިވެރިވަމުންނެވެ.

ފުލުހުންގެ އިދާރާއިން ބުނީ މި އެކްސްޕޯގައި ދިވެހި ޒުވާނުންގެ ކިބައިގައި ހުނަރުތައް އަށަގަންނުވައި، މި ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތައް ހިއްސާކޮށް އަދި ތަމްރީނުގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރެވިގެންދާނެކަމަށެވެ.
އެގޮތުން، އެކްސްޕޯގެ އެޑިއުކޭޝަން ޒޯންގައި، ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޯސްމަންޓުން ބައިވެރިވެ، މި ދާއިރާގައިހުރި މަތީ ތައުލީމުގެ ފުރުސަތުތަކާއި ހުނަރުތައް ތަރައްގީކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ސްކިލްސް އެކްސްޕީރިއަންސް ޒޯންގައި ބައިވެރިވެ، މި ދާއިރާގައިހުރި ތަފާތު ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، ފޮރެންސިކް ސާވިސަސް، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ، ސައިބަރ ކްރައިމް ސެންޓަރު، އެންޓި ސްކޭމް ސެންޓަރު، މެރިން ޕޮލިސް، އިންޖިނިއަރިންގ އެންޑް މެކޭނިކަލް ސާވިސް އަދި ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓުން ބައިވެރިވެފައިވެއެވެ.
ގުޅުންހުރި
%20(1).webp&w=3840&q=75)
އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުސް އޮފިސަރު ހައްޔަރުކޮށް، މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފި
%20(1).webp&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދު ގެޒެޓްކޮށްފި

ބޮޑުތަކުރުފާނުމަގުން ފެށިގެން އަމީރު އަޙްމަދުމަގާ ހަމައަށް ޗާންދަނީމަގު ދެކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފި




