
ކައުންސިލްތަކުގެ ޢިމާރާތްތަކުގެ މަސައްކަތް މޮނިޓަރ ކުރުމަށް ރަށްރަށުގައި ކޮމިޓީތަކެއް އެކުލަވާލަނީ
# އާދަމް ޝަރީފް އުމަރު-
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް މޮނިޓަރ ކުރުމަށް ރަށްރަށުގައި ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ގާތުން މޮނިޓަރ ކުރުމަށްޓަކައި ރަށުގެ އެކި ފަރާތްތައް ހިމެނޭ ގޮތުން އެކުލަވައިލެވޭ ކޮމިޓީގެ ބޭނުންތެރިކަން ފެންނަމުންދާ ކަމަށެވެ.
''ރަށު ކައުންސިލް މެދުވެރިކޮށް ކޮމިޓީ އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްއެބަގެންދަން'' މިނިސްޓަރ ވިދާޅުވިއެވެ.
ކައުންސިލް އިދާރާގެ ޢުމްރާނީ މަސައްކަތާ ބެހޭ ގޮތުން ބަލަންޖެހޭ ކަންކަމާއި، ހައްލު ކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުން 9108899 އަށް ގުޅުއްވުމުން ހައްލު ހޯދުމަށް އެހީތެރިވެދޭނެ ކަމަށް މިނިސްޓަރގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި މިނިސްޓަރ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވައު ދަތުރުފުޅުގައި ބައެއް ކައުންސިލްތަކުގެ ޢަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައެވެ.
ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށުގެ، ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.
ގުޅުންހުރި

ކައުންސިލްތަކުގެ ޢިމާރާތްތަކުގެ މަސައްކަތް މޮނިޓަރ ކުރުމަށް ރަށްރަށުގައި ކޮމިޓީތަކެއް އެކުލަވާލަނީ

އަންހެނުންނަށް ހުރި ފުރުސަތުތައް ފަހިކުރަން އިތުރަށް މަސައްކަތް ކުރަންޖެހޭ - އާދަމް ޝަރީފް

ރައީސް މުއިއްޒުއަށް ރަށްރަށުން އިޙުތިރާމާއި ލޯތްބާއި ތާއީދު ދަނީ އިތުރުވަމުން - އާދަމް ޝަރީފް





