
ދުވާފަރުގައި ގޭބިސީތަކުގެ ސޯލާ ޖެހުމުގެ ފުރުސަތަށް އެދި ހުށަހަޅާ ޕޯޓަލް އިފްތިތާހުކޮށްފި
# އާދަމް ޝަރީފް އުމަރު# ރ. ދުވާފަރު# އިއާދަކުރަނިވި ހަކަތަ# ރައީސް މުއިއްޒު# އެމްޓީސީސީ# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް-
ރ. ދުވާފަރުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު އިފްތިތާޙްކުރުމުގެ ގޮތުން ގޭބިސީތަކުގެ ސޯލާ ޖެހުމުގެ ފުރުސަތަށް އެދި ހުށަހަޅާ "ހަކަތަ" ޕޯޓަލް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު އިފުތިތާހުކޮށްދެއްވައިފި އެވެ.

މި ޕޯޓަލް އިފުތިތާހްކުރުމަށް މިއަދު ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސްފާހަގަ ކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދާ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދުވާފަރުގައި ގާއިމްކުރާ ހަކަތަ އުފެއްދުއްމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ އެ ކަމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދައުލަތުގެ އިސްވެރިންނާއި، ބައެއް ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކުރައްވައިގެން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.
މި މަޝްރޫއުގެ ދަށުން ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ 2026 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެވިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ދުވާފަރުގެ ގޭބިސީތަކަށް އިއާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިގެންދާނެއެވެ. އަދި ޑީސަލް އަންދާ މިންވަރު ދަށްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ދުމުން ތިމާވެށި ރައްކާތެރިކުރުމަށް މަގުފަހިވެގެންދާނެއެވެ.
ގުޅުންހުރި

އަތްތެރިމަސައްކަތުގެ ފަންނުވެރި ގުމޭރިއާ އަމިއްލަ އަތުން ވިޔެ ތައްޔާރުކޮށްފައިވާ ދިވެހި ފޭއްޔެއް ރައީސަށް ހަދިޔާކުރައްވައިފި

އެޗްއާރްސީއެމްެގެ ފުރަތަމަ ރައީސް، އަޙްމަދު ސަލީމް ލިއުއްވި ''އެޗް.އާރު.ސީ.އެމް ގެ ހަނދާންތައް'' ފޮތް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރައްވައިފި

ޒާހިރު ޙުސައިނަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުމަށް ވަރަށް އިޚުލާސްތެރި ޚިދުމަތްތަކެއްކޮށްދެއްވި ބޭފުޅެއް!





