logoEN
Sto top
އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރު މިއަދު ތިނަދޫ ސިޓީ ސްޓޭޑިއަމްގައި!

އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރު މިއަދު ތިނަދޫ ސިޓީ ސްޓޭޑިއަމްގައި!

އަހުމަދު ޝުރާއު

logo

11/8/2025, 7:29:57 AM

# އެމްއެންޑީއެފް

-

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި އަސްކަރިއްޔާއިން ބާއްވާ މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރު މިއަދު ތިނަދޫ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

އެމްއެންޑީއެފުން ބުނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިޔަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަހަރު ބާއްވާ އެންމެ ފަހުގެ ހަރަކާތްތައް މިއަދު ތިނަދޫގައި އޮންނާނެ ކަމަށެވެ. އެގޮތުން ތަނަދޫ ސިޓީ ސްޓޭޑިއަމުގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރެއް ބޭއްވުމަށް ތާރްޔާރުވެފައިވާއިރު މި ހަރަކާތް ކުރިޔަށްދާނީ މިއަދު ހަވީރު 16:00 އިން ފެށިގެންނެވެ.

ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރުގެ އުފަން ރަށް ކަމުގައިވާ ތިނަދޫ ސިޓީގައި ބާއްވާ މި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިވަގުތު ހުންނެވީ ތިނަދޫ ސިޓީގައި އެވެ. ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއަކީވެސް ތިނަދޫ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރުގެ އިތުރުންވެސް އާންމުކޮށް ހުޅުވާލައިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އިއްޔެ ވަނީ 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށް ޚާއްސަކޮށްގެން "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ފަށާފައި އެވެ. މި މައުރަޒަށް ވަޑައިގަންނަވާ ފަރާތްތަކަށް، ދިވެހިރާއްޖެއަށް އެ ދުވަހުގެ ޢުދުވާނު ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކުގެ ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފައެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހިން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަޞައްވުރުކޮށްލެވޭނެއެވެ.

އިއްޔެ ފެށުނު މި މައުރަޒު ކުރިޔަށްދާނެ ފަހު ދުވަހަކީވެސް މިއަދެވެ. އެގޮތުން މިއަދު މައުރަޒު ހުންނާނީ ހެނދުނު 9:00އިން 12:00އަށް، މެންދުރުފަހު 14:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00 އަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC