logoEN
Sto top
ކުރެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ކުރެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

11/6/2025, 6:50:25 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ޅ. ކުރެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

Wamco

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ނޭޒާ، ޢަބްދުލް ބާސިޠު ޙަސަންފުޅު (34އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުރެންދޫ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ކުރެންދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 7 ގުރާމެވެ.

މި މައްސަލައާ ގުޅިގެން ޢަބްދުލްބާސިޠު ޙަސަންފުޅު (34އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC