
ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް، ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
# ރާއްޖެ - ގަތަރު-
ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް، އަދި ކެބިނެޓު މެންބަރު، ސުލްޠާން ބިން ސާދް ބިން ސުލްޠާން އަލްމުރައިޚީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފާއިތުވެދިޔަ އަހަރުތަކުގައި ޤަޠަރުގެ ސަރުކާރުގެ ދީލަތި އެހީއާއެކު ދިވެހިރާއްޖެއަށް އައިސްފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުންތައް ފާހަގަކުރައްވައި، އެކަމުގެ އަގުވަޒަންކުރައްވާފައެވެ.
ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒްގެ ވާހަކަފުޅުގައި ވަނީ، މިދަތުރުފުޅުގައި އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް ވިދާޅުވި ހޫނު މަރުޙަބާ އާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެ އާއި ޤަޠަރާ ދެމެދުގައިވާ އަޚުވަންތަކަމުގެ ގުޅުމަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ވަނީ، ތަރައްޤީއަށް މަސައްކަތްކުރުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ ގޮތުން ހުރި އިތުރު ފުރުޞަތުތައް ދެނެގަތުމަށް، ޤަޠަރުގެ ސަރުކާރުން މަސައްކަތްކުރައްވަމުންގެންދަވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ދެ ޤައުމަށްވެސް ފައިދާކުރަނިވި ދާއިރާތައް ކަމުގައިވާ، ހަކަތަ އާއި، ތަޢުލީމާއި، ވުނަކުރުމާއި، ޘަޤާފަތާއި، ސިއްޙީ ފަރުވާ ފަދަ ދާއިރާތަކުން، އެއް ޤައުމުން އަނެއް ޤައުމަށް ދޭ އެއްބާރުލުން އިތުރުކުރުމުގެ މައްޗައްވެސް މިއަދުގެ ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.
ގުޅުންހުރި
-1762428580711.webp&w=3840&q=75)
ރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މަޝްވަރާކޮށްފި

ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއަރޒް، ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
-1761027922640.webp&w=3840&q=75)
ގަތަރާއިއެކު މަސައްކަތްތެރިކަމުގެ ދާއިރާއަށް އަމާޒުކޮށް އެކުލަވައިލެވޭ މުހިއްމު ޤާނޫނާއި ޤަވާޢިދުތައް ހިއްސާކުރުމަށް މަޝްވަރާކޮށްފި





