
--
ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލްޘާނީ އާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ޤަތަރުގެ އަމީރާއި ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި ވަނީ، މި ފަޚުރުވެރި މުނާސަބަތުގައި، ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ އިސް ބޭފުޅުންނާއި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ހަރުދަނާ ގުޅުން ދެމެހެއްޓުމުގައި ޤާއިމުވެ ތިބެވޭނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުން ޤަތަރުން އަދާކުރާ ދައުރު ފާހަގަކުރައްވައި، ފަރުދީ ފެންވަރެއްގައި ދޭދޭ ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ އަޚުވަންތަކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތުވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤަތަރުގެ އަމީރާއި ބޮޑުވަޒީރު ފުރިހަމަ ސިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
ޤަތަރުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.
ރައީސުލްޖުމްހޫރިއްޔާގެ "އެކްސް" އެކައުންޓުންވެސް އެމަނިކުފާނު ވަނީ ޤަތަރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ގުޅުންހުރި
-1761027922640.webp&w=3840&q=75)
ގަތަރާއިއެކު މަސައްކަތްތެރިކަމުގެ ދާއިރާއަށް އަމާޒުކޮށް އެކުލަވައިލެވޭ މުހިއްމު ޤާނޫނާއި ޤަވާޢިދުތައް ހިއްސާކުރުމަށް މަޝްވަރާކޮށްފި

ކަލައިދޫ-ދަނބިދޫ ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި

އިސްދޫ ކަލައިދޫގެ ރައްޔިތުންނަށް ބޭނުންކުރެވޭގޮތަށް 30 އެނދުގެ، ޒަމާނީ ހޮސްޕިޓަލެއްގެ އަމަލީ މަސައްކަތް މިއަހަރު ފަށާނަން - ރައީސް
.jpg&w=3840&q=75)