
-
އައްޑޫ ސިޓީ ފޭދޫ ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު އައްޑު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ވަޑައިގެން ފޭދޫގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި އެވެ.
ރައީސް މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، ޑރ. އަބްދުالله މުއްޠަލިބް އެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީއާއި އައްޑޫ ކައުންސިލުގެ ބައެއް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި އަލަށް ތަރައްޤީކުރާ ބަނދަރުގެ ރިވެޓްމެންޓް ޖެހުމާއި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.
ގުޅުންހުރި

ހިތަދޫގެ ގެއެއްގެ ރޯވެ ބޮޑެތި ގެއްލުންތަކެއް: އެގޭގައި ދިރިއުޅެމުންދިޔަ 7 މީހަކަށް އެހީތެރިކަން ފޯރުކޮށްދެނީ

އައްޑޫން ހިފެހެއްޓި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި

އައްޑޫ އިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންތަކެއް ހައްޔަރުކޮށްފި





