
އައްޑޫ ލިންކް ރޯޑު އަލުން ތަރައްޤީކުރުމާއި ގުޅިފައިވާ ރަށްތަކުގެ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
# އައްޑޫ ސިޓީ-
އައްޑޫ ލިންކް ރޯޑު އަލުން ތަރައްޤީކުރުމާއި ގުޅިފައިވާ ރަށްތަކުގެ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ވަޑައިގެން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
މި މަސައްކަތުގެ ޢަމަލީ ފެށުން ފާހަގަކޮށްދެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި އައްޑޫ މަރަދޫ، ފޭދޫ އަދި ހިތަދޫ ދާއިރާގެ މަޖިލިސް މެންބަރުންނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީގެ ލިންކް ރޯޑު އަޕްގްރޭޑްކުރުމާއި ގުޅިފައިވާ ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މި ބޮޑު މަޝްރޫޢަކީ، އައްޑޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ފަސޭހަކަން އިތުރުކޮށް، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ މަޝްރޫޢެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި މަޝްރޫޢު އާއިއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށްތަކެއްގެ މަގުތައް ބޭނުންކުރަން ފަސޭހަ އަދި ދެމެހެއްޓެނިވި ގޮތަކަށް ތަރައްޤީވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ގުޅުންހުރި

ހިތަދޫގެ ގެއެއްގެ ރޯވެ ބޮޑެތި ގެއްލުންތަކެއް: އެގޭގައި ދިރިއުޅެމުންދިޔަ 7 މީހަކަށް އެހީތެރިކަން ފޯރުކޮށްދެނީ

އައްޑޫން ހިފެހެއްޓި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި

އައްޑޫ އިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންތަކެއް ހައްޔަރުކޮށްފި





