
އައްޑޫ ސިޓީ ފޭދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި
# އައްޑޫ ސިޓީ-
އައްޑޫ ސިޓީ ފޭދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅުއްވައިފިއެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މިސްކިތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުންނާއި އައްޑޫ މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.
އައްޑޫ ސިޓީ ފޭދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.
މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
ގުޅުންހުރި

ހިތަދޫގެ ގެއެއްގެ ރޯވެ ބޮޑެތި ގެއްލުންތަކެއް: އެގޭގައި ދިރިއުޅެމުންދިޔަ 7 މީހަކަށް އެހީތެރިކަން ފޯރުކޮށްދެނީ

އައްޑޫން ހިފެހެއްޓި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި

އައްޑޫ އިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންތަކެއް ހައްޔަރުކޮށްފި





