logoEN
Sto top
އައްޑޫ ސިޓީ ފޭދޫ ފުޓްސަލް ދަނޑުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ފޭދޫ ފުޓްސަލް ދަނޑުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

11/5/2025, 4:34:12 PM

# އައްޑޫ ސިޓީ

-

އައްޑޫ ސިޓީ ފޭދޫގައި ފުޓްސަލް ދަނޑުގެ ބިން އަޅައި އަމަލީ މަސައްކަތް ފަށައިފި އެވެ.

Wamco

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑު އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ފޭދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްުޔާތެއްގައި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ކެބިނެޓުގެ އެހެން ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި މުވައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފޭދޫގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީޒް ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު އާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރުންގެ އިތުރުން ކުޅިވަރާއި ހަށިހެޔޮ ކަމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާގް އިބްރާހިމް އެވެ.

ފޭދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތާއި، ކޮންކްރީޓް މަސައްކަތްތަކާއި، ވަށައި ފާރު ރޭނުމާއި، އިލެކްޓްރިކަލް މަސައްކަތްތައް ހިމެނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC