logoEN
Sto top
އައްޑޫ ސިޓީ ހިތަދޫގައި ނެޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ހިތަދޫގައި ނެޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

11/5/2025, 5:07:14 PM

# އައްޑޫ ސިޓީ

-

އައްޑޫ ސިޓީ ހިތަދޫގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

Wamco

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލަކަށް އައްޑު ސިޓީ ހިތަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީމިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާރޓްސް އިބްރާހިމް ވަހީދެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން 11,250 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުރާނެއެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 5625 އަކަފޫޓު ހުންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

މިއީ 15.18 މިލިއަން ރުފިޔާއަށް 390 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC