
އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
# އައްޑޫ ސިޓީ-
އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލަކަށް އައްޑު ސިޓީ ހިތަދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޢައްސާން މައުމޫނެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި އައްޑޫ ސިޓީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 4338 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ކުރުމަށް ހަމަޖެހިފައިވާއިރު މިއިން ކޮންމެ ފަންގިފިލައެއްގައި 2368 އަކަފޫޓު ހުންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މި މަޝްރޫޢަކީ 6.50 މިލިއަން ރުފިޔާއަށް 300 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ގުޅުންހުރި

އައްޑޫ ސިޓީ ހިތަދޫ ގައި ޕޮލިސް ސްޓޭޝަނެއް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

މަރަދޫ ފޭދޫ ފިޓްނަސް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި





