logoEN
Sto top
އައްޑޫ ހުޅުދޫއާއި މީދޫގެ ކުނި މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫ ހުޅުދޫއާއި މީދޫގެ ކުނި މެނޭޖްކުރާ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

11/5/2025, 9:06:36 AM

# އައްޑޫ ސިޓީ

-

އައްޑު އަތޮޅު މީދޫއާއި ހުޅުދޫގައި ތަރައްޤީކުރާ ޒަމާނީ ކުނި މެނޭޖްކުރުމާއި ވަސީލަތްތައް ބޭނުންކުރުމުގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

Wamco

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ ފުރަތަމަ މަންޒިަކަށް ހުޅުދޫއާއި މީދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

ރައީސްގެ ހާޒިރުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ސިޓީ ތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރާއި މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވާ ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލްއާއި އައްޑޫ ހުޅުދޫއާއި މީދޫއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނެވެ.

މި މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ވެފައިވާ ވަޢުދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ވެމްކޯއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުއާއިއެކު ތަރައްޤީކުރެވިގެންދާނެ މަރުކަޒަކީ، އެދެރަށަށަށްވެސް ދިމާވާ ކުނި ނައްތާލުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ މަރުކަޒެކެވެ. މި މަސައްކަތް ނިމި، މަރުކަޒު ހުޅުވުމުން ރަށުގެ ކުނި ރަނގަޅު ގޮތުގައި ވަކިކޮށް، ރީސައިކަލްކޮށް، ނައްތާލުމުގެ ކަންކަން ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC