
ފުވައްމުލަކުގައި ސިޓީ ހޮޓަލަކާއި އިކޯ ޓުއަރިޒަމް ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއަށް!
# އެމްއޭސީއެލް-
ފުވައްމުލަކުގައި ސިޓީ ހޮޓަލަކާއި އިކޯ ޓުއަރިޒަމް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާއި ހަވާލުކޮށްފި އެވެ.

ސަރުކާރުން ފުވައްމުލަކުގެ ފަތުރުވެރުކަން ތަރައްޤީކުރުމަށް ކުރިޔަށްގެންދާ މި ޚާއްސަ މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެކުނުގެ ދެ ސިޓީއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ފުވައްމުލަކަށް ވަޑައިގެން މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓުގެސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޝާތު ރަޝީދުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.
މި މަޝްރޫއުއާއި ގުޅޭގޮތުން މިރޭގެ ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއު ކުރިއަށްގެންދާނީ ރައްޔިތުންނަށް އޭގެއިން ސީފާ ނަފާ ލިބޭނެ ގޮތަށް ކަމަށާއި ރަށްރަށުގެ ލޯކަލް ޓޫރިޒަމް މަޝްރޫއުތައް އެމްއޭސީއެލްއާ ހަވާލުކުރަނީ އެ ރަށެއްގެ ރައްޔިތުންނަށް އޭގެއިން ފައިދާވާނެ ގޮތަށް ކަމަށެވެ.
އެގޮތުން މި މަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް އާމްދަނީ އަދި ވަޒީފާގެ ގޮތުން ވެސް ރައްޔިތުންނަށް ފައިދާކުރާނެ ކަމަށާއި މި މަޝްރޫއު ވެގެންދާނީ ކާމިޔާބު މަޝްރޫއަކަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ގުޅުންހުރި

ހަނިމާދޫ އެއާޕޯޓުގެ 72 އިންސައްތަ މަސައްކަތް ނިންމީ މި ސަރުކާރުން - ޝަރީފް

ފުވައްމުލަކުގައި ސިޓީ ހޮޓަލަކާއި އިކޯ ޓުއަރިޒަމް ތަރައްޤީކުރުމުގެ މަސައްކަތް އެމްއޭސީއެލްއަށް!

ފުވައްމުލަކުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރަން އެމްއޭސީއެލްއާއި ހަވާލުކޮށްފި





