logoEN
PNC TOP 3
މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

އަހުމަދު ޝުރާއު

logo

11/4/2025, 1:56:48 PM

# ރައީސް މުއިއްޒު

-

މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.

PNC MID 2

ރައީސް މިފަދައިން އިލްތިމާސްކުރެއްވީ މިދިޔަ އާދީއްތަ ދުވަހު، މާލެ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ ދެމީހަކު ނިޔާވުމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސް ޕޯސްޓުގައި އެމަނިކުފާނު ވަނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ޒުވާނަކާއި ބަންގްލާދޭޝްގެ ޒުވާނަކު ނިޔާވުމާއި ގުޅިގެން، އެ ކުންފުނީގެ ވެރީންނަށާއި މުވައްޒަފުންނަށް އަދި ދެ މަރުޙޫމުންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައި އެވެ.

އަދި މަސައްކަތުގެ މިފަދަ ކޮންމެ މާޙައުލެއްގައިވެސް، މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ރައީސްގެ ޕޯސްޓުގައި ވަނީ އިލްތިމާސްކުރައްވާފައި އެވެ.

މާލެ އެމްޕީއެލްއާއި ދިމާ ބޭދުގައި ކޮޅުވެއްޓެއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކުރީ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:44 ހާއިރު އެވެ. މި ހާދިސާގައި އަނިޔާވެގެން ޖުމުލަ 6 މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު އިރު އެމީހުންގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހީންނެވެ. އަނިޔާވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ބިދޭސީ އާއި ދިވެހި ޒުވާނެކެވެ.

އެގޮތޔުން އުމުރުން 32 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ މަސޫދު ހޮސައިން ހާދިސާ ހިނގި ދުވަހު ނިޔާވި އިރު ފަރުވާދެމުންދަނިކޮށް މި ހާދިސާގައި ބޮޑެތި އަނިޔާތަކެއްވި ގއ ކޮލަމާފުއްޓަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ އަފްލާހް އަބްދުالله ނިޔާވީ އިއްޔެ ހެނދުނު އެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC