logoEN
Sto top
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ބޮޑު ސަރަހައްދެއް މިރެއިން ފެށިގެން ބަންދު!

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ބޮޑު ސަރަހައްދެއް މިރެއިން ފެށިގެން ބަންދު!

އަހުމަދު ޝުރާއު

logo

11/3/2025, 2:40:24 PM

# ބޮޑުތަކުރުފާނު މަގު މަޝްރޫއު

-

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ތައްޔާރުވުމާއިއެކު އެމަގުގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ނިންމައިފި އެވެ.

Wamco

ފުލުހުން މިއަދު ޗާޓަކާއިއެކު ކުރި އިއުލާނެއްގައި ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދު މިރޭގެ 08:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެކަމަށެވެ.

އެގޮތުން މިރެއިން ފެށިގެން ޓްރެފިކަށް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހުގެ ހުޅަނގުން ބޮޑުތަކުރުފާނު މަގާއި ޝަހީދު މުހައްމަދު ހުސެއިން ހިނގުން ގުޅޭ ސަރަހައްދުން ފެށިގެން މަސްމާރުކޭޓޫގެ ހުޅަނގުން ހުސްނީ ގޯޅިއާއި ހަމައަށެވެ.

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަހައްދުގެ މަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫއުގެ އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވެއެވެ. އަދި މަގު ފުޅާ ކުރާއިރު ކީވޯލް ބޭރަށް ޖެއްސުމުގެ މަސައްކަތާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން ރޯޑް މާރކިން އަދި ސައިން ބޯޑު ހަރުކުރުންވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާއިރު މަގު ފުޅާކުރުމަށްޓަކައި މަޝްރޫއުގެ އެއް ވަނަ ފޭސްގައި ހިމެނޭ އިއްޒުއްދީން ފާލަން ސަރަހައްދުން މިހާރު ބައެއް ހިއްކާނިންމާފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC