ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީއެންސީ ހަރުގެ ޖަލްސާއެއް މިމަހުގެ 14 ވަނަ ދުވަހުގެ ރޭ!
# ޕީއެންސީ-
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފޯރިގަދަ ޖަލްސާއެއް މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ޕީއެންސިއިން މިއަދު ބުނީ އެޕާޓީގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި ޖަލްސާގައި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އަދި އެޕާޓީގެ ރައީސް ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެޕާޓީއިން ބުނެއެވެ. ރައީސްގެ އިތުރުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް އަބްދުالله އާއި ޕާޓީގެ ޕީޖީ ގްރޫޕުގެ މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންވެސް މި ޖަލްސާގައި ބައިވެރިވާނެ ކަމަށް އެޕާޓީއިން ބުނެއެވެ.
ޕީއެންސީއިން ވަނީ މި ޖަލްސާގައި ޕާޓީގެ ވީހާވެސް ގިނަ ސަޕޯޓަރުން ބައިވެރިވުމަށް ދައުވަތުދީފައި އެވެ.
އެންމެ ފަހުންވެސް ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައިވެސް ރައީސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންެފައި އެވެ. އެގޮތުން އެޕާޓިން މިފަހުން ހަރުގެ ޖަލްސާއެއް ބޭއްވީ މިދިޔަ މަހުގެ ތެރޭގައި އެވެ.
ގުޅުންހުރި

ތިނަދޫ ރައްޔިތުން ބަދުނާމުން ސަލާމަތް ކުރެވެން އޮތީ ޕީއެންސީއަށް ވޯޓު ދީގެން - ސައުދުالله
ކައުންސިލާއެކު ކޮލަބޮރޭޓިވްކޮށް ޑަބްލިއުޑީސީގެ މަސައްކަތް ބައްޓަންކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން އަލައިކާ އެލްޖީއޭ އޮފިޝަލުންނާއި މަޝްވަރާކޮށްފި

ދީނަށް ފުރައްސާރަކުރި އާމިރު ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ދެއްވި ވާހަކަތަކަކީ ޕާޓީއާއި ރަސްމީ ގުޅުމެއް އޮތް ކަމެއް ނޫން - ޕީއެންސީ
.jpg&w=3840&q=75)
.gif&w=3840&q=75)



