
އެއާޕޯޓުން ޑޮލަރު ސޫޓްކޭސް ފޭރުނު 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ސޫޓްކޭސް ފޭރުނު 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓްކޭސްއެއް، ފޭރިގަތް މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ 2025 އޮކްޓޯބަރ 27ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރު އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ 4 މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި މި ފޭރުމުގައި ބޭނުންކުރި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން ހަމަ އެދުވަހުގެ މެންދުރު ހާމަކުރެއްވީ ދާހިލީ ވަޒީރު އަލީ އިހުސާނު އެވެ.
މިގޮތުން މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި 4 މީހުންނަކީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ 28 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ބަންދުގެ މުއްދަތު ހަމަވުމާއިއެކު ބަންދާއި މެދު ގޮތެއްް ނިންމުމަށް ކޯޓަށް އަލުން ހާޒިރުކުރުމުން ހަތަރު މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި އެވެ.
މި ފޭރުމުގައި ވަގަށް ނެގި ޑޮލަރު ހޯދުނު ކަމެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވެއެވެ. މީޑީއާތަކަށް ހައްޔަރުކުރި މީހުންގެ ވަނަވާރާއި އެކު ފުލުހުންގެ މީޑިއާ އޮފިޝަލް ފޮނުއްވި މެސެޖުގައި ވިދާލުވީ ތަހުގީގު ކުރިއަށް ދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުންހުރި މައުލޫމާތު ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި، ފޭރިގަތް ބްރީފް ކޭސްގައި ހުރީ ލައްކައެއްހާ ޑޮލަރެވެ. މި ފައިސާއަކީ ފުރާ މީހުންނަށް ދޫކުރުމަށް އެމްއެމްއޭއިން ދޫކުރާ ފައިސާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ސޫޓްކޭސް އެވަގުތު ހިފައިގެންދިޔައީ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރަސްގެތީމުގެ ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަންތިބި 9 މީހަކު ހައްޔަރުކޮށްފި

އެއާޕޯޓުން ޑޮލަރު ސޫޓްކޭސް ފޭރުނު 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
.jpg&w=3840&q=75)
މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: ހާލު ސީރިއަސްވެ ފަރުވާދެމުން ދިޔަ ދިވެހި ޒުވާނާވެސް ނިޔާވެއްޖެ





