.jpg&w=3840&q=75)
މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: ހާލު ސީރިއަސްވެ ފަރުވާދެމުން ދިޔަ ދިވެހި ޒުވާނާވެސް ނިޔާވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް-
މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އިއްޔެ ހަވީރު ހިނގި ހާދިސާގައި އަނިޔާވެ ފަރުވާދެމުންދިޔަ ދިވެހި ޒުވާނާ ނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ އެމްޕީއެލްއާއި ދިމާ ބޭދުގައި ކޮޅުވެއްޓެއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު އިއްޔެ 15:44 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގައި އަނިޔާވެގެން ޖުމުލަ 6 މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު އިރު އެމީހުންގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހީންނެވެ. އަނިޔާވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ބިދޭސީ އާއި ދިވެހި ޒުވާނެކެވެ. އުމުރުން 32 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ މަސޫދު ހޮސައިން ނިޔާވީ އިއްޔެ އެވެ.
އަދި ހާލު ސީރިއަސްގެ ފަރުވާދެމުންދަނިކޮށް މި ހާދިސާގައި ބޮޑެތި އަނިޔާތަކެއްވި ގއ ކޮލަމާފުއްޓަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ އަފްލާހް އަބްދުالله ނިޔާވީ މިއަދު ހެނދުނު އެވެ. ފަރުވާދޭން ހޮސްޕިޓަލަށް އަފްލާހް ގެންދިޔަ އިރުއްސުރެވެސް އޭނާގެ ހާލު ސީރިއަސްއެވެ. އެގޮތުން ރޭ އަފްލާހްއަށް ލޭ ބޭނުންވެސް އިއުލާނުކުރި އެވެ.
މި ހާދިސާގައި ނިޔާވި އަފްލާހް އާއި ބަންގްލަދޭޝްގެ މަސޫދު އަކީ އެމްޕީއެލްގައި ވަޒީފާ އަދާކުރަމުންދާ ދެމީހުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގި އިރު ކޮޅުވެއްޓީގައި ޖުމުލަ 14 މީހުން ތިބި ކަމަށާއި އެންމެންވެސް ފެނިފައިވާ ކަމަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ރަސްގެތީމުގެ ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރަންތިބި 9 މީހަކު ހައްޔަރުކޮށްފި

އެއާޕޯޓުން ޑޮލަރު ސޫޓްކޭސް ފޭރުނު 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
.jpg&w=3840&q=75)
މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: ހާލު ސީރިއަސްވެ ފަރުވާދެމުން ދިޔަ ދިވެހި ޒުވާނާވެސް ނިޔާވެއްޖެ





