
މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: ދިވެއްސެއްގެ ހާލު ސީރިއަސް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މިއަދު ހިނގި ހާދިސާގައި އެކަކު ނިޔާވި އިރު މިހާރު ފަރުވާ ދެމުންދާ 5 މީހުންގެ ތެރެއިން ދިވެއްސެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ އެމްޕީއެލްއާއި ދިމާ ބޭދުގައި ކޮޅުވެއްޓެއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު މިއަދު 15:44 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގައި އަނިޔާވެގެން ޖުމުލަ 6 މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރު ބިދޭސީއަކު ވަނީ ނިޔާވެފައި އެވެ.އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހީންނެވެ.
މި ހާދިސާއާއި ގުޅިގެން އިތުރަށް މައުލޫމާތު ދެއްވަމުން މީޑިއާ އޮފިޝަލް ވިދާލުވީ ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދިވެއްސަކަށްވެސް ބޮޑެތި އަނިޔާތަކެއް ވެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން އެއީ 25 އަހަރު ދިވެހި ފިރިހެނެކެވެ.
މި ހާދިސާގައި އަނިޔާވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ މަސޫދު ހޮސައިން އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގި އިރު ކޮޅުވެއްޓީގައި ޖުމުލަ 14 މީހުން ތިބި ކަމަށާއި އެންމެންވެސް ފެނިފައިވާ ކަމަށެވެ.
ގުޅުންހުރި

މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: ދިވެއްސެއްގެ ހާލު ސީރިއަސް!

މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އެކަކު ނިޔާވެއްޖެ

އެމްޕީއެލް އާއި ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި 6 މީހަކަށް ފަރުވާ ދެނީ





