
އެމްޕީއެލް އާއި ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި 6 މީހަކަށް ފަރުވާ ދެނީ
# ދިވެހި ފުލުހުންގެ ޙިދުމަތް-
އެމްޕީއެލް އާއި ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި 6 މީހަކަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުންގެ މީޑިއި އޮފިޝަލް ވިދާޅުވީ މާލެ އެމްޕީއެލްއާއި ދިމާ ބޭދުގައި ކޮޅުވެއްޓެއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު މިއަދު 15:44 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް މި ހާދިސާގައި އަނިޔާވެގެން ޖުމުލަ 6 މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި އެމީހުންގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހީން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މިހާދިސާގައި މިހާތަނަށް އެއްވެސް މީހަކު ނިޔާވި ކަން ޔަގީން ވެފައިނުވާކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.
މި ހާދިސާ އާއި ގުޅިގެން އިތުރު މާބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: ދިވެއްސެއްގެ ހާލު ސީރިއަސް!

މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އެކަކު ނިޔާވެއްޖެ

އެމްޕީއެލް އާއި ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި 6 މީހަކަށް ފަރުވާ ދެނީ





