logoEN
Sto top
މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އެކަކު ނިޔާވެއްޖެ

މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: އެކަކު ނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

11/2/2025, 12:21:19 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލެ ވިޔާފާރި ބަނދަރު ސަރަހައްދަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މިއަދު ހިނގި ހާދިސާގައި އެކަކު ނިޔާވެފައިވާކަން ފުލުހުން ހާމަކޮށްފި އެވެ.

Wamco

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ އެމްޕީއެލްއާއި ދިމާ ބޭދުގައި ކޮޅުވެއްޓެއެއް ބަންޑުން ޖަހާލާފައިވާ ކަމުގެ މައުލޫމާތު މިއަދު 15:44 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް މި ހާދިސާގައި އަނިޔާވެގެން ޖުމުލަ 6 މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި އެމީހުންގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހީން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަނިޔާވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ބިދޭސީއެކެވެ. އެގޮތުން ނިޔާވީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ މަސޫދު ހޮސައިން އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާ ހިނގި އިރު ކޮޅުވެއްޓީގައި ޖުމުލަ 14 މީހުން ތިބި ކަމަށާއި އެންމެންވެސް ފެނިފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC