logoEN
Sto top
އޭޝިއަން މާސްޓާރސްގައި ވާދަކުރާ ރާއްޖޭގެ މާސްޓާރސް އެތްލެޓިކްސް ޓީމު އިންޑިއާއަށް ދިއުމަށް ފުރައިފި

އޭޝިއަން މާސްޓާރސްގައި ވާދަކުރާ ރާއްޖޭގެ މާސްޓާރސް އެތްލެޓިކްސް ޓީމު އިންޑިއާއަށް ދިއުމަށް ފުރައިފި

ހަސަން ޝަމްއޫން

logo

11/2/2025, 8:24:10 AM

# ދިވެހި ކުޅިވަރު # އެޝިއަން މާސްޓާރސް އެތްލެޓިކް ޗެންޕިއަންޝިޕް

ރާއްޖޭގެ މާސްޓާރސް އެތްލެޓިކްސް ޓީމު

އިންޑިއާގެ ޗެންނާއީގައި ނޮވެމްބަރު މަހުގެ ފަހެއްގައި ފަށާ 23 ވަނަ އެޝިއަން މާސްޓާރސް އެތްލެޓިކްސް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ މާސްޓާރ ޓީމު އިންޑިއާއަށް ދިއުމަށް މިއަދު ފުރައިފިއެވެ.

Wamco

5 ނޮވެންބަރު 2025 އިން 10 ނޮވެމްބަރު 2025 ގެ ނިޔަލަށް ޗެންނާއީގެ ޖަވާހިރުލާލް ނެހެރޫ ސްޓޭޑިއަމްގައި އޮންނަ މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ މާސްޓާރސް ޓީމުގައި ހިމެނެނީ ޖުމްލަ ނުވަ އެތްލީޓުންނާއި އެއް އޮފިޝަލުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެން އެތްލީޓުންނާއި ފިރިހެން ހަ އެތްލީޓުންނެވެ. އަދި މިޓީމު މެނޭޖަރަކީ މުހައްމަދު މުއްވަޒު އެވެ.

35 އަހަރުން މަތީގެ އެތްލީޓުންނަށް ޚާއްސަކޮށްގެން ބާއްވާ އޭޝިއާގެ އެންމެ ބޮޑު އެތްލެޓިކްސް މުބާރާތުގައި މިއަހަރު 22 ގައުމަކުން ޖުމްލަ 3312 އެތްލީޓުން ވަނީ ބައިވެރިވެފައެވެ. އަދި މިމުބާރާތުގައި ފަސް އުމުރުފުރައެއްގައި ރާއްޖޭގެ އެތްލީޓުން ވާދަކުރުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި ފިރިހެން، 40 އަހަރުން މަތި ފިރިހެން، 45 އަހަރުން މަތި އަންހެން އަދި ފިރިހެން، 50 އަހަރުން މަތި ފިރިހެން، 55 އަހަރުން މަތި އަންހެން އަދި ފިރިހެން އުމުރުފުރައެވެ.

ރާއްޖޭގެ މާސްޓާރސް އެތްލެޓިކްސް ޓީމު:

1- ހަސަން ޝަމްއޫން ( ޝޮޓްޕޮޓް އަދި ޑިސްކަސް ތްރޯއިންގ)

2- ހުސެއިން އަހުމަދު ( 100 މީޓަރު އަދި 200 މީޓަރު)

3-އަހުމަދު އާމިރު (ހައިޖަމްޕް އަދި ޑިސްކަސް ތްރޯއިންގ)

4- އަހުމަދު ނަސިރު އަބްދުﷲ ( 1500 މީޓަރު، 5000 މިޓަރު އަދި 10000 މިޓަރު)

5- މުހައްމަދު އާމިރު ( 200 މީޓަރު)

6- އަލީ ރައީފް ( 100 މީޓަރު )

7- ހުސްނާ މުހައްމަދު ( 800 މީޓަރު، 1500 މީޓަރު، 5000 މީޓަރު އަދި 10 ކިލޯ މީޓަރު )

8- ނާފިޒާ އަހުމަދު ( 200 މީޓަރު، 1500 މީޓަރު އަދި 10 ކިލޯ މީޓަރު )

9- އައިޝަތު މަދީހާ ( 1500 މީޓަރު، 5000 މީޓަރު އަދި 10 ކިލޯ މީޓަރު )

E living
ކޮމެންޓް
E living
ފަހުގެ
HDC