logoEN
Sto top
ގްރީން ސްޓްރީޓް ބަލިކޮށް އޮޑި ތާވަލުގެ ދެވަނައަށް

ގްރީން ސްޓްރީޓް ބަލިކޮށް އޮޑި ތާވަލުގެ ދެވަނައަށް

ހަސަން ޝަމްއޫން

logo

11/1/2025, 12:55:29 AM

# ދިރާގު ދިވެހި ލީގު# ދިވެހި ކުޅިވރު# އޮޑި ސްޕޯޓްސް ކުލަބު# ގްރީން ސްޓްރީޓް

ގްރީން ސްޓްރީޓާއި އޮޑި ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ދިވެހި ޕްރެމިއާ ލީގު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސް އާއި އޮޑި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އޮޑި ސްޕޯޓްސް ކްލަބުން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

ލީގުގައި އޮޑިން އެންމެ ފަހުން ކުޅުނު މެޗުގައި ބުރު ސްޕޯޓްސް ކުލަބު އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ގްރީން ސްޓްރީޓް އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ އަތުން 9-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އޮޑި ސްޕޯޓްސް ކުލަބުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ އަހުޒަމް ރަޝީދު (އަހޫ) ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

އޮޑި ސްޕޯޓްސް ކުލަބުގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުޒްދާން ހަސަން އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އޮޑި ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވެސް އޮޑިން ވަރުގަދަކުރިއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު އައިހަމް (އައިހު) އެވެ. އަދި މިލަނޑަށްފަހު ގްރީން ސްޓްރީޓުން އެޓީމުގެ ކުޅުން ރަނގަޅުކުރި ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 4-0 ގެ ނަތީޖާއަކުން އޮޑި ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ހަ މެޗުން އޮޑި ސްޕޯޓްސް ކުލަބަށް 16 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ގްރީން ސްޓްރީޓުން ލީގުގައި ކުޅުނު ހަ މެޗުން ހޯދި ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.

ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި، ބުރު ސްޕޯޓްސް ކްލަބުން ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC