
ރޭސިން ޓްރެކް އެޅުމަށް 2.4 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި
# ރޭސިންގ# ރައީސް މުއިއްޒު-
ރާއްޖޭގައި ރޭސިން ޓްރެކްގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވަައިދެއްވުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޕަބްލިކް ސެކްޓާ އިނެވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ރޭސިން ޓްރެކްތައް އެޅުމަށް 2.4 މިލިއަން ރުފިޔާ ސަރުކާރުން ހިމަނައިފިއެވެެ.

އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ މަޝްރޫޢުތަކަށް 403 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އެގޮތުން ރޭސިންގ ޓްރެކް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައިވަނީ 2,375,000 (ދެ މިލިއަން ތިން ލައްކަ ހަތްދިހަ ފަސް ހާސް) ރުފިޔާ ހިމަނާފައެވެ.
މިކަމާ ގުޅިގެން މިނިސްޓާ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރު އަހުމަދު ނަރީޝް ވަނީ ރޭސިން ދާއިރާގައި ހަރާކާތްތެރިވާ އެތައް ޒުވާނުން އެތައް ޒަމާނެއް ވަންދެން އެތައް ސަރުކާރެއްގައި ދަންނަވައިގެން ހައްލު ނުލިބި އޮތް މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.
"މިއީ ރޭސިން ދާއިރާގައި ހަރާކާތްތެރިވާ އެތައް ޒުވާނުން އެތައް ޒަމާނެއް ވަންދެން އެތައް ސަރުކާރެއްގައި ދަންނަވައިގެން ހައްލު ނުލިބި އޮތް މައްސަލައެއް! ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ ބަޖެޓްގައި މި މަޝްރޫއު ހިމެނިގެން ދިޔުމަކީ ރޭސިންގ ގައި ހަރަކާތްތެރިވާ ހުރިހާ ޒުވާނުންނަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު ތަސައްލީއަކާއި ހިތްހަމަޖެހުމެއް" - ނަރީޝް ވިދާޅުވި އެވެ.
ރޭސިންގ ޓްރެކެއް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްއޭސީއެލްއާ އެވެ. އެ ޓްރެކް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުލެ-ހުޅުމާލެ ލިންކް ރޯޑުގެ ބޭރުން މޫދުން ބައެއް ހިއްކައިގެންނެވެ. މި މަޝްރޫއުގެ ޓެކްނިކަލް މަސައްކަތްތައް އެމްއޭސީއެލް އިން ވަނީ ފަށާފައެވެ.
ގުޅުންހުރި

މިއަދު ތަންފީޒުކުރަން ފެށި 3 ސިޔާސަތާއިއެކު ހުރިހާ ދިވެހި ރައްޔިތުންނަށް އެކަމުން ފައިދާވާނެ - ރައީސް

މިއަދުން ފެށިގެން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ ބޮޑުވާނެ!

ޖީލެއް ދުންފަތުން ސަލާމަތްކުރުން: 2007 އިން ފެށިގެން އުފަންވި އެންމެނަށް ދުންފަތް މަނާވެއްޖެ





