logoEN
Sto top
މިއަދު ތަންފީޒުކުރަން ފެށި 3 ސިޔާސަތާއިއެކު ހުރިހާ ދިވެހި ރައްޔިތުންނަށް އެކަމުން ފައިދާވާނެ - ރައީސް

މިއަދު ތަންފީޒުކުރަން ފެށި 3 ސިޔާސަތާއިއެކު ހުރިހާ ދިވެހި ރައްޔިތުންނަށް އެކަމުން ފައިދާވާނެ - ރައީސް

އަހުމަދު ޝުރާއު

logo

11/1/2025, 6:55:16 AM

# ރައީސް މުއިއްޒު

-

ސަރުކާރުން ޢިއުލާންކުރައްވާފައިވާ 3 ކަމެއް މިއަދު ތަންފީޒުކުރަން ފެށިގެންދާއިރު، މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ފައިދާވާނެ 3 ނިންމެވުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

ރައީސް މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ސަރުކާރުން މިއަދު ވަނީ ދުންފަތާއި ދެކޮޅަށް ތަންފީޒުކުރާ ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށައި ކަށި މިޔަރުގެ މަސްވެރިކަންވެސް މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ފަށައި އަދި 3 ދާއިރާއެއްގެ މުސާރަ މިއަދުން ފެށިގެން އެއްހަމަކުރައްވާފައި އެވެ.

މިއަދު ތަންފީޒުކުރަން ނިންމެވި ކަންކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ސަރުކާރުގެ މި ތިން ކަންތައް ހަގީގަތަކަށް ހެދުމުގައި މަސައްކަތްކޮށްދެއްވާ، އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމެއްކަން ފާހަގަކުރައްވާ ހުރިހާ ދިވެހީންނަށް ރައީސްވަނީ މަރުޙަބާ ދަންނަވާފައެވެ.

View post on Twitter

ސަރުކާރުން މިއަދު ވަނީ 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށާފައިި އެވެ. އަދި މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ޚާއްސަ ގަވާއިދެއް މިއަދު އާންމުކޮށް ކަށިމިޔަރުގެ މަސްވެރިކަމަށްވެސް މިއަދު ވަނީ ހުޅުވާލާފައި އެވެ. އަދި ތިން ވަނަ ކަމަށް ދައުލަތުގެ އިދާރާތަކުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން 3 ދާއިރާއެއްގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޖުޑިޝަރީއާއި، ކައުންސިލްތަކިގެ މުވައްޒަފުން ހިމެނޭހެން ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ މިއަދުން ފެށީގެން ބޮޑުވާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC