
މިއަދުން ފެށިގެން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ ބޮޑުވާނެ!
# ރައީސް މުއިއްޒުވެލާނާގެ - ފޮޓޯ | މިހާރު
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް 3 ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުވާނެ އެވެ.

ދައުލަތުގެ ބައެއް އިދާރާތަކުގެ މުސާރައަށް އެކި ދުވަސްވަރު ގެނެވުނު ބަދަލުތަކާއެކު އެހެން ދާއިރާތަކުގެ މުސާރާއިގެ ފަރަޤުވަނީ ބޮޑުވެފައިވުމާއިއެކު ދައުލަތުގެ ޕޭފްރޭމް ވޯކް ހަރުދަނާކޮށް މުސާރަ އެއްހަމަކުރުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައި އެވެ.
މިގޮތުން މި މަސައްކަތުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުގައިން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންގެ އިތުރުން މިހާތަނަށް މުސާރަ ބޮޑުނުވެ ތިބި ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުވެގެންދާނެކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.
އަދި ކުރިޔަށް އޮތް 2026 ވަނަ އަހަރު، އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަމަވެގެންދާނެކަންވެސް ސަރުކާރުން މިއަހަރު ވަނީ ހާމަކޮށްފައި އެވެ.
ސަރުކާރުން އިއްޔެ ވަނީ 8 ދާއިރާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލުތައް ގެންނަކަން ހާމަކޮށް އެކަން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އެކަން ހާމަކޮށްފައެވެ. އެގޮތުން ބަދަލުތައް ގެންނަން ނިންމި 8 ދާއިރާގެ ގޮތުގައި ހިމެނެނީ ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޓިވް ސާވިސް އާއި އެޑިއުކޭޝަނަލް ސާވިސްއާއި ހެލްތު ސާވިސްއާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ ސާވިސްއާއި ލީގަލް، ކަލްޗާ އެންޑް ސޯޝަލް ސާވިސް އާއި ޕްރޮޓެކްޓިވް ސާވިސް އާއި ސައިންސް އެންޑް ބިލްޓު އެންވަޔަރްމަންޓް ސާވިސްގެ އިތުރުން ސެކްރެޓޭރިއަލް، ސްކިލްޑް އެންޑް އެލެމެންޓްރީ ސާވިސް އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ މުސާރަތަކަށް ގެނައި ބަދަލުތަކުގެ ހުރިހާ ތަފްސީލެއް މިއަދު ހާމަކުރާނެ ކަަމަށް ވިދާޅުވެފައި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަށް ބަދަލު ގެންނަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުކޮށް ތިބި، ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ އެވެ.
ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން މި އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ގުޅުންހުރި

މިއަދު ތަންފީޒުކުރަން ފެށި 3 ސިޔާސަތާއިއެކު ހުރިހާ ދިވެހި ރައްޔިތުންނަށް އެކަމުން ފައިދާވާނެ - ރައީސް

މިއަދުން ފެށިގެން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ ބޮޑުވާނެ!

ޖީލެއް ދުންފަތުން ސަލާމަތްކުރުން: 2007 އިން ފެށިގެން އުފަންވި އެންމެނަށް ދުންފަތް މަނާވެއްޖެ





