logoEN
Sto top
 ސާފު ތިމާވެށި މަޝްރޫއާއި ގުޅޭގޮތުން ވޯލްޑް ބޭންކާއެކު މަޝްވަރާކޮށްފި

ސާފު ތިމާވެށި މަޝްރޫއާއި ގުޅޭގޮތުން ވޯލްޑް ބޭންކާއެކު މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

10/31/2025, 11:22:56 AM

# ވޯލްޑް ބޭންކް

-

މިއަދު ވޯލްޑް ބޭންކްގެ މަންދޫބުންނާއި، ދިވެހިރާއްޖޭގެ ކަމާބެހޭ މިނިސްޓަރާ ދެމެދު "ދިވެހިރާއްޖޭގެ ސާފު ތިމާވެށި މަޝްރޫޢު" ގެ ކުރިއެރުމާއި، އެ މަޝްރޫޢު ނިންމުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

Wamco

މި ބައްދަލުވުމުގައި ވޯލްޑް ބޭންކްގެ ފަރާތުން މިސް ލަން ތި ތޫ ނުގުޔެން ވަނީ މި މަޝްރޫޢުން ހާސިލްކުރެވިފައިވާ މުހިންމު ކާމިޔާބީތަކާއި، ކުރިއަށްދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މިއީ މި މަޝްރޫޢުގެ ފައިނަލް މިޝަންގެ މަޝްވަރާތަކެކެވެ. "ދިވެހިރާއްޖޭގެ ސާފު ތިމާވެށި މަޝްރޫޢު" އަކީ ދިވެހިރާއްޖޭގެ ޒޯން 2، 4 އަދި 5 ގެ ރަށްތަކުގެ ކުނި މެނޭޖްކުރުމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، ތިމާވެށި ރައްކާތެރިކުރުމަށް ވެސް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. މަޝްވަރާތަކުގައި، މި މަޝްރޫޢުގެ ދަށުން ކުރެވުނު ކާމިޔާބު މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކޮށް، ކުރިއަށް އޮތް ތަނުގައި މިފަދަ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި މަޝްރޫޢު ނިމުމަކަށް އަންނައިރު، އޭގެ ދަށުން ހާސިލްކުރެވުނު ކާމިޔާބީތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC