
-
ހުޅުމާލެ ފޭސް-3 ގެ ހިއްކާ ސަރަހައްދުގައި ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފިއެވެ.

އެގޮތުން 3 ވަނަ ފިޔަވަހީގެ ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގެ ޗާޓަކާއި އެއްކޮށް މިއަދު އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް އަންނަ ނޮވެމްބަރު މަހަުގެ 6 ވަނަ ދުވަހުގެ 0:00 ގެ ކުރިން ނެގުމަށް އަންގާ ކަމަށެވެ. އަދި މިގޮތަށް ނެގޭ އުޅަނދުތައް ހިއްކާ ސަރަހައްދުން ބޭރުގައި އެޅޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3 ގައި 63 ހެކްޓަރުގެ ބިން އިތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 22 ގަ އެވެ.
މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
ގުޅުންހުރި

ދުންފަތާ ދެކޮޅަށް ކުރިއަށްގެންދިޔަ 'ނެޝަނަލް ޓޯޗް ރަން' އަށް އެޗްޑީސީ މުވައްޒަފުންގެ ފަރާތުން ބޮޑު ތަރުހީބެއް

ހުޅުމާލެ ފޭސް-3 ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ނައިފަރުގައި 300 ހައުސިންގ ޔުނިޓު އެޅުމަށް އެޗްޑީސީއާއި ހަވާލުކޮށްފި





