
ޗައިނާގައި ކުރިޔަށްދާ ކާބަންއެކްސް ސަމިޓް 2025 ގައި ރާއްޖެއިން ބައިވެރިވެ
# އެންވަޔަރަމަންޓް މިނިސްޓްރީ-
ޗައިނާގެ ޝެންޒެންގައި މިހާރު ކުރިއަށްދާ ކާބަންއެކްސް ސަމިޓް 2025 ގައި، ރާއްޖޭގެ ރަށަކަށް %100 އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ދިނުމުގެ މަޝްރޫޢެއް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި މަޝްރޫޢުގެ ދަށުން ދިގު މުއްދަތަށް ހަކަތަ ރައްކާކުރެވޭ ނިޒާމުތައް ބޭނުންކޮށްގެން، ރާއްޖޭގެ ރަށެއްގައި ހަކަތައިގެ ބޭނުންތައް ފުއްދުމަށް ރޭވިފައިވެއެވެ.
މި ސަމިޓްގައި ޑރ. މުޢާވިޔަތު ބައިވެރިވެވަޑައިގެންފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތައާއި ކާބަންގެ ދޫކުރުން މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ބަދަލުކޮށް، ގުޅުންތައް ބަދަހިކުރުމަށެވެ.
ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ޤައުމެވެ. އެހެންކަމުން، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ރާއްޖެއިން މިހާރު އެންމެ ބޮޑަށް އަމާޒު ހިފާފައިވާ އެއް ކަމަށެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ދިގު މުއްދަތަށް ހަކަތަ ރައްކާކުރެވޭ ނިޒާމުތައް ބޭނުންކޮށްގެން، ތެލަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެ، އިޤްތިޞާދީ ގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެއެވެ
ގުޅުންހުރި

އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި

ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމަށް ޗައިނާއާއިއެކު މަޝްވަރާކޮށްފި

ޗައިނާގައި ކުރިޔަށްދާ ކާބަންއެކްސް ސަމިޓް 2025 ގައި ރާއްޖެއިން ބައިވެރިވޭ!





