
އާރްއާރްއީއީއެފް ޕްރޮގްރާމްގެ ދެވަނަ ސްޓިއަރިންގ ކޮމިޓީ ބައްދަލުވުން ބާއްވައިފި
# އެންވަޔަރަމަންޓް މިނިސްޓްރީ-
ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް ގްލޯބަލް ފަންޑް ފޮރ ކޮރަލް ރީފްސް (ޖީއެފްސީއާރް) އިން ފަންޑްކުރާ ދިވެހިރާއްޖޭގެ އާރްއާރްއީއީއެފް ޕްރޮގްރާމްގެ ދެވަނަ ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީ ބައްދަލުވުން ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް (އެމްއޯޓީއީ) އަދި ޔޫއެންޑީޕީ މޯލްޑިވްސްގެ އިސް ބައިވެރިވުމާއެކު ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޕްރޮގްރާމްގެ މިހާރުގެ ކުރިއެރުން މުރާޖަޢާކޮށް، ތަންފީޒުކުރުން އަވަސްކުރުމަށް މަޝްވަރާކުރުމެވެ.
މީގެ އިތުރުން، އެކި އޭޖެންސީތަކުގެ މެދުގައި އެއްބާރުލުން ވަރުގަދަކުރުމާއި، ޤައުމީ އިސްކަންދޭ ކަންތައްތަކާ އެއްގޮތްވާގޮތުގެ މަތިން އަދި ދެމެހެއްޓެނިވި އަސަރު ކުރުވުމަށް ބައިވެރިވުން އިތުރުކުރުމުގެ ގޮތްތައްވެސް ބަލައި ދިރާސާކުރުމުގެ ކަންކަން އެބައްދަލުވުމުގައި ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.
އާރްއާރްއީއީއެފް ޕްރޮގްރާމް ތަންފީޒުކުރެވެނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް (އެމްއޯޓީއީ)، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި)، އަދި ބީސީސީގެ ފަންނީ ތަޖުރިބާއާއެކުއެވެ.
މި މަސައްކަތުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީއާރްއޭ) ގެ އެހީތެރިކަން ލިބިފައިވެއެވެ. މިފަރާތްތައް އެއްބައިވެގެން މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ ތިމާވެށި ދެމެހެއްޓުމާއި، ރާއްޖޭގެ ކަނޑުތަކުގެ ވަސީލަތްތަކުން އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތްތައް ހޯދައި، ރާއްޖެއަށް ދެމެހެއްޓެނިވި ނީލީ އިޤްތިޞާދެއް ބިނާކުރުމަށެވެ.
ގުޅުންހުރި

އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި

ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމަށް ޗައިނާއާއިއެކު މަޝްވަރާކޮށްފި

ޗައިނާގައި ކުރިޔަށްދާ ކާބަންއެކްސް ސަމިޓް 2025 ގައި ރާއްޖެއިން ބައިވެރިވޭ!





