logoEN
Sto top
އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި

އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެއިން ގޮވާލައިފި

އަހުމަދު ޝުރާއު

logo

11/9/2025, 8:21:15 AM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ހެދިފައިވާ މުހިންމު ޕްރޮޓޮކޯލްތަކުގެ މަޤްޞަދުތައް ހާސިލްކުރުމަށްޓަކައި، ދުނިޔޭގެ އެންމެން ގުޅިގެން މަސައްކަތްކުރުމަށް ސްޓޭޓް މިނިސްޓަރ ފޮރ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މުޙައްމަދު ފާއިޒް ގޮވާލައްވާފައެވެ.

Wamco

ރާއްޖެއިން މިފަދައިން ގޮވާލީ ކެންޔާގެ ނައިރޯބީގައި ކުރިޔަށްދާ ކޮޕް13 ގެ މޮޕް 37 ގެ މަތީ ފަންތީގެ ސެގްމެންޓެއްގައި ދެއްވި ތަގުރީރެއްގައި އެވެ.

މި މުހިންމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ފާއިޒް ވިދާޅުވީ، އޯޒޯން ފަށަލައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކޮންމެ ޤައުމަކުންވެސް ގުޅިގެން މަސައްކަތްކުރުން މުހިންމު ކަމަށެވެ. އަދި ޕްރޮޓޮކޯލްތަކުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލްވުމަށްޓަކައި، ދެމިހުންނަ އަޒުމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށްވެސް އެދިވަޑައިގަތެވެ.

މި ބައްދަލުވުމަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމާ ގުޅޭ ދުނިޔޭގެ ފެންވަރުގެ މަޝްވަރާތައްކޮށް، ކުރިއަށް އޮތްތަނުގައި މި މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ގައުމުތަކުގެ މެދުގައި މަޝްވަރާކުރާ ބައްދަލުވުމެކެވެ.

ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރިމަތިވާ އެއް ޤައުމުކަމަށްވާއިރު، އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ދެވޭ ސަމާލުކަމަކީ ރާއްޖެއަށްވެސް ވަރަށް މުހިންމު ކަމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC