
-
ކ ތުލުސްދޫގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން، ވެމްކޯއާއި ހަވާލުކޮށްފި އެވެ.

މި މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ކ އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ތުލުސްދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
މި މަސައްކަތް ވެމްކޯއާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް އެވެ. އަދި ތުލުސްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވި ރައީސް އަސްލަމް މޫސާ އެވެ.
މީގެ ކުރިން އެރަށުގައި ކުނި މެނޭޖްކުރަމުންދިޔައީ ކައުންސިލްގެ ފަރާތުންނެވެ. ނަމަވެސް މިއަދު ސޮއިކުރެވިގެންދިޔަ އެއްބަސްވުމާއިއެކު އެރަށުގައި ކުނި މެނޭޖްކުރާނެ ސެންޓަރަރެއް ގާއިމްކުރުމާއިއެކު ވެމްކޯގެ އޮޕަރޭޝަންތައް އެރަށަށް ފުޅާވެގެންދާނެ އެވެ. މިއާއިއެކު އެރަށުގެ ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއްވެސް ހުޅުވިގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއިއެކު ވެމްކޯގެ އޮޕަރޭޝަންތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ފުޅާކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އާބާދީ ބޮޑު ބައެއް ރަށްތަކުގައި ވެމްކޯގެ އޮޕަރޭޝަން ފެށިފައިވާކަން ފާހަގަކޮށްލެވެއެވެ.
ގުޅުންހުރި

ކޮންޓޭނަރެއްގެ ތެރެއަށް ވެއްޓި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލަތު މިދަނީ ގާތުން ބަލަމުން - ވެމްކޯ

ރޯދަ މަހު މާލެ ސަރަހައްދުން ކުނި ނަގާނެ ވަގުތުތައް ވެމްކޯއިން ކަނޑައަޅައިފި

ޕެންޝަން ފައިސާ ޖަމާނުކުރެވެނީ ފޯރުކޮށްދިން ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ، މާލެ ސިޓީ ކައުންސިލުން އެކަނިވެސް ދޭންޖެހޭ 98 މިލިއަން އެބަހުރި - ވެމްކޯ

.gif&w=3840&q=75)



