logoEN
Sto top
ނައިފަރުގެ މިހާރުގެ ބަނދަރު އަޕްގްރޭޑްކުރުމާއިއެކު އިތުރު ބަނދަރެއް ތަރައްޤީކުރަން އެމްޓީސީއާއި ހަވާލުކޮށްފި

ނައިފަރުގެ މިހާރުގެ ބަނދަރު އަޕްގްރޭޑްކުރުމާއިއެކު އިތުރު ބަނދަރެއް ތަރައްޤީކުރަން އެމްޓީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

10/28/2025, 4:45:57 AM

# އެމްޓީސީސީ

-

ޅ ނައިފަރުގެ ބަނދަރު މަޝްރޫއު އެމްޓީސީއާއި ހަވާލުކޮށްފި އެވެ.

Wamco

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ޅ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން ރޭ އެރަށުގެ ރައްުޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސައުދީއެވެ.

އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ނައިފަރުގައި މިހާރު ބޭނުންކުރާ ބަނދަރު އަޕްގްރޭޑްކުރުމާއިއެކު އިތުރު ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުއާއި ގުޅޭގޮތުން ރައީސް ޑރ މުއިއްޒު ރޭ ވިދާޅުވީ ނައިފަރަކީ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށާއި ސަރުކާރުން އެރަށުގައި ކުރިޔަށްގެންދާ މަޝްރޫޢުތައް ނުހުއްޓި، ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވާ، ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

އެގޮތުން ރަށުގެ ތަރައްޤީއަށް ކުރައްވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން އައު ބަނދަރާއި މިހާރު އޮތް ބަނދަރުގެ ކެޕޭސިޓީ އިތުރުކުރުމާއެކު، އަނެއްކާވެސް، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށް ޅ.ނައިފަރު ވާނޭ ކަމަށާއި، ހަމަ ޔަޤީނުންވެސް އުތުރުގައި އޮންނަ އެންމެ ބޮޑު ބަނދަރަށް ވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC