logoEN
Sto top
ކައުންސިލްތަކާއި ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މުއުމިނާ ވަޙީދު!

ކައުންސިލްތަކާއި ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މުއުމިނާ ވަޙީދު!

އަހުމަދު ޝުރާއު

logo

10/27/2025, 6:45:56 PM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

-

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް މ. ޖިއެނާ، އަލްފާޟިލާ މުއުމިނާ ވަޙީދު އައްޔަންކުރައްވައިފިއެވެ.

Wamco

މުއުމިނާއަށް މަޤާމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވީ އެ ކަމަށް ޓަކައި ސިޓީސް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖުތާޒެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ރަށްވެހި މާލަމުގައި އޮތް މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި، ނާއިބު ރައީސާއި އެ ކޮމިޝަންގެ ބައެއް މެންބަރުންނާއި، ސިޓީސް މިނިސްޓްރީގެ ސީނިއަރ މެނޭޖުމަންޓްގެ ބޭފުޅުންނާއި، މަދަނީ އިސް މުއައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މުއުމިނާ ވަޙީދަކީ ހިޔުމަން ރައިޓްސް ކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމުގެ އިތުރުން އެ ކޮމިޝަންގެ އިދާރީ އެކި މަޤާމުތައް އަދާކުރައްވާފައިވާ ތަޖުރިބާކާރު ކަނބަލެކެވެ. މީގެ އިތުރުން މުއުމިނާ ވަނީ ކޮންސަލްޓަންޓެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި މަސައްކަތްކުރައްވަފައެވެ.

އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެސް އިސް މަޤާމެއްގައިމުއުމިނާ މަސައްކަތްކުރައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC