logoEN
Sto top
ނައިފަރުގައި 300 ހައުސިންގ ޔުނިޓު އެޅުމަށް އެޗްޑީސީއާއި ހަވާލުކޮށްފި

ނައިފަރުގައި 300 ހައުސިންގ ޔުނިޓު އެޅުމަށް އެޗްޑީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

10/27/2025, 6:15:16 PM

# އެޗްޑީސީ

-

ޅ ނައިފަރުގައި 300 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފި އެވެ.

Wamco

މި މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު މިހާރު ޅ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އެގޮތުން މި މަޝްރޫއު ސަރުކާރުން ހަވާލުކުރީ ހައުސިންގ ޑިޗެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީއާއިއެވެ. އެޗްޑީސީއާއި މި މަސައްކަތް ހަވާލުކުރުމަށްޓަކައި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުالله މުއްޠަލިބް އެވެ. އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހެއިރެވެ.

މައުލޫމާތު ލިބޭގޮތުގައި މި މަޝްރޫއުގެ ދަށުން ނައިފަރުގައި ތަރައްޤީކުރާނީ 3 ކޮޓަރީގެ އެޕާޓްމަންޓް ހިމެނޭހައުސިން ޔުނިޓްތަކެކެވެ.

މި މަޝްރޫއުއަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދުފުޅުގެ ތެރެއިން މުޅި ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ހާމަކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC