logoEN
Sto top
ކަންނެލި މަސް ބަންދު ކުރާ ފެސިލިޓީ އެޅުމަށް ހުޅުމާލެއިން ފިޝަރީޒް މިނިސްޓްރީއަށް ބިމެއް!

ކަންނެލި މަސް ބަންދު ކުރާ ފެސިލިޓީ އެޅުމަށް ހުޅުމާލެއިން ފިޝަރީޒް މިނިސްޓްރީއަށް ބިމެއް!

އަހުމަދު ޝުރާއު

logo

10/23/2025, 5:48:50 PM

# އެޗްޑީސީ

-

ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން، އެޗްޑީސީ އިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި ހަވާލުކޮށްފިއެވެ.

Wamco

ބިން ހަވާލުކުރުމަށް މިއަދު އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރެވެ. އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ސޮއިކުރެއްވީ، އެ ވުޒާރާގެ ވަޒީރު އަޙުމަދު ޝިޔާމް އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުގެ ތެރެއިން، ކަންނެލިމަސްވެރިކަން ތަރައްގީކުރުމުގެ ހިމެނޭ މުހިންމު ވައުދުފުޅެކެވެ. މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭގައި މަސް ބަންދު ކުރާ ފެސިލިޓީ އެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައިއެވެ. މި އެއްބަސްވުމަކީ ދިވެހި މަސްވެރިންނަށް އެކަށޭނަ އަގުތަކެއް ހޯދައިދިނުމާއި، ކަންނެލި މަސްވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފެށިގެންދާނެ މަސައްކަތެކެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް (އައި.އެސް.ޑީ.ބީ) ފަންޑުގެ ދަށުން ގާއިމުކުރާ މި ފެސިލިޓީގައި، ކަންނެލި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަސް ޕެކޭޖްކުރުމާއި، އެ ދާއިރާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ.

އެޗްޑީސީން މއަދު ބުނީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ކުރެވޭ މިފަދަ ކަންކަމުގައި އެކުންފުނޫގެ ފަރާތުން އަބަދުވެސް ސަރުކާރަށް އެއްބާރުލުން ދެމުންގެންދާނެ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC