logoEN
Sto top
މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުން ލައްކައެއްހާ ޑޮލަރު ފޭރިގެންފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުން ލައްކައެއްހާ ޑޮލަރު ފޭރިގެންފި

# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު# ފުލުހުން# ވައްކަން

ފޮޓޯ: އަލީ ނިޝާން/ މިހާރު

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާހުރި ބްރީފްކޭސް އެއް ފޭރިގެންފި އެވެ.

Wamco

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މޫނު ނިވާކޮށްގެން ތިބި ބަޔަކު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓްކޭސްއެއް، ފޭރިގަތް މައްސަލަ 2025 އޮކްޓޯބަރ 27ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި، ފޭރިގަތް ބްރީފް ކޭސްގައި ހުރީ ލައްކައެއްހާ ޑޮލަރެވެ. މި ފައިސާއަކީ ފުރާ މީހުންނަށް ދޫކުރުމަށް އެމްއެމްއޭއިން ދޫކުރާ ފައިސާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ސޫޓްކޭސް އެވަގުތު ހިފައިގެންދިޔައީ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުވައްޒަފުންނެވެ. އަދި ފައިސާ ފޭރިގަތުމަށްފަހު މޫނު ނިވާކޮށްގެން ތިބި މީހުން ފިލީ، ލޯންޗެއްގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ފައިސާ ގެންދިޔައިރު، ފުލުހުންގެ ސެކިއުރިޓީ ހޯދާފައިނުވާކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC