logoEN
Sto top
އެމްއޭސީއެލްގެ ބޯޑަށް އެކުންފުނީގެ ޑީއެމްޑީ މުޖުތަބާ އައްޔަންކޮށްފި

އެމްއޭސީއެލްގެ ބޯޑަށް އެކުންފުނީގެ ޑީއެމްޑީ މުޖުތަބާ އައްޔަންކޮށްފި

އަހުމަދު ޝުރާއު

logo

10/22/2025, 5:41:28 PM

# އެމްއޭސީއެލް

-

އެމްއޭސީއެލްގެ ބޯޑަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު މިއަދު އައްޔަންކުރައްވައިފި އެވެ.

Wamco

ޕްރައިވަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުގެ މަގާމަށް ގއ. ދާންދޫ، މުޝްތަރީގޭ، މުޖުތަބާ ހަމަޖައްސާފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ބޯޑަށް މުޖުތަބާ އައްޔަންކޮށްފައިވާއިރު، އެ ބޯޑުގައި ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުއްލި ގޮތަކަށް ވަކިކޮށްފައި އެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބެއް އަދި މިހާތަނަށް އެމްއޭސީއެލުންވެސް ޕީސީބީންވެސް ހާމަކޮށްފައި ނުވެއެވެ.

ޕީސީބީން މިހާރު ވަނީ އެމްއޭސީއެލްގެ ބޯޑުގެ މެންބަރުންގެ އަދަދު 7 އިން 9 އަށް އިތުރުކޮށްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަދަލު ގެނައީ ބޯޑުގެ ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކް ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށެވެ.

އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދާއި އިބްރާހިމް މަހުދީ އަދި މިއަދު އައްޔަންކުރެއްވި މުޖުތަބާ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC