logoEN
Sto top
ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި

އަހުމަދު ޝުރާއު

logo

10/15/2025, 6:55:40 PM

# އެމްއޭސީއެލް

-

ށ ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފި އެވެ.

Wamco

މި މަސައްކަތް އެމްއޭސީއެލުން ރަސްމީކޮށް ފެށީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ފުނަދޫއަށް ވަޑައިގެން އެރަށުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.

އެގޮތުން އެއާޕޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ މި މަޝްރޫއުގެ ތެރޭގައި އެންމެ މުހިއްމު ކަމަކީ އެ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ލައިޓް ހަރުކުރުން ކަމަށާއި އެގޮތުން މި އަހަރު ނިމުމުގެ ކުރިން އެ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭ ވަރަށް ލައިޓްތައް ހަރުކުރެވޭނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ފުނަދޫ އެއާޕޯޓުގެ ޓާމިނަލަށް ބޭނުންވާ ހިދުމަތްތައް ވެސް ތައާރަފްކުރާނެ ކަމަށާއި އަދި މި މަޝްރޫއުގެ ތެރެއިން ލަގެޖް ބެލްޓެއް ގާއިމުކުރުން ވެސް ހިމެނޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

2020 ވަނަ އަހަރު އޮޕަރޭޝަނަށް ގެނެވުނު ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. އަދި ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، 150 މީޓަރުގެ ދިގުމިނާއި 50 މީޓަރުގެ ފުޅާމިން ހުރި އޭޕްރަނެއް އެ އެއާޕޯޓުގައި ހިމެނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC