logoEN
Sto top
ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރަން އެމްއޭސީއެލްއާއި ހަވާލުކޮށްފި

ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރަން އެމްއޭސީއެލްއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

10/20/2025, 7:50:59 PM

# އެމްއޭސީއެލް

-

ލ ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރަން އެމްއޭސީއެލްއާއި ހަވާލުކޮށްފި އެވެ.

Wamco

މި މަޝްރޫއު އެމްއޭސީއެލްއާއި ހަވާލުކުރީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫއަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެވެ.

އެގޮތުން މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެމްއޭސީއެލްއާއި ސަރުކާރުން މިރޭ މި މަޝްރޫއު ހަވާލުކުރީ އެއާޕޯޓަށް ބޭނުންވާ 114 ހެކްޓަރުގެ ބިމާއި، ރަށަށް ބޭނުންވާ އިތުރު 30 ހެކްޓަރުގެ ބިމާއެކު ޖުމުލަ 144 ހެކްޓަރުގެ ބިން ހިއްކުމާއިއެކުގައި އެވެ.

ކައްދޫ އެއާޕޯޓު ބައިނަލަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެއާޕޯޓްގައި 2800 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ ގިނަވެގެން 36 މަސްދުވަހުގެ ތެރޭގައި އެވެ.

ކައްދޫ އެއާޕޯޓަކީ ފަތުރުވެރިކަމާއި، ތަޢުލީމާއި، ސަރަހައްދީ ތަރައްޤީއަށްޓަކައި އެސަރަހައްދަށް މުހިންމު އެއާޕޯޓެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC