
މެޗުގެ ބޮޑުބައި 10 ކުންތެރިންނާއެކު ކުޅުނު އޮލިންޕިއާކޯސް އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް
# އޮލިންޕިއާކޯސް# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު# ބާސެލޯނާފާމިން ލޮޕޭޒް
ޔުއެފާ ޗެންޕިއަންސް ލީގުގައި މިރޭ ރަށުން ބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސް އާއި ދެކޮޅަށް ސްޕެއިންގެ ބާސެލޯނާ އިން ކުޅުނު މެޗު ފަސޭހަކަމާއެކު 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.

ޗެންޕިއަންސް ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ޕީއެސްޖީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، އޮލިމްޕިއާކޯސް އެންމެ ފަހުން ކުޅުނު މެޗުގައި ރަށުން ބޭރުގައި އާސެނަލް އަތުން އެޓީމު ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދެޓީމު އެންމެ ފަހުން 2017 ވަނަ އަހަރު ވާދަކުރި މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އޮލިމްޕިއާކޯސް އިން ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް އެޓީމަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ މެޗުގެ 56 ވަަނަ މިނެޓުގައި އެޓީމު މިޑްފީލްޑަރު ސެންޓިއާގޯ ހެޒޭއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑު ފޮނުވާލުމުންނެވެ.
މިއާއެކު ބާސެލޯނާއި އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުގެ ފާމިން ލޮޕޭޒް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، މާކަސް ރަޝްފޯޑް ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ލަމީން ޔަމާލް އެވެ.
މީގެ އިތުރުން މިމެޗުގައި އޮލިމްޕިއާކޯސްގެ ހަމައެކަނި ލަނޑު އެޓީމުގެ އައްޔޫބް އެލް ކާބީ ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާސެލޯނާގެ މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ.
މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ބާސެލޯނާއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގައެވެ. އަދި މިމެޗުން ބަލިވި އޮލިމްޕިއާކޯސް އިން ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި އެއްޕޮއިންޓާއެކު އެޓީމު މިވަގުތު އެޓީމު އޮތީ ތާވަލުގެ 32 ވަނައިގައެވެ.
ގުޅުންހުރި

މެޗުގެ ބޮޑުބައި 10 ކުންތެރިންނާއެކު ކުޅުނު އޮލިންޕިއާކޯސް އަތުން ބާސެލޯނާއަށް ފަސޭހަ މޮޅެއް

ފަސޭހަކަމާއެކު އެތްލެޓިކޯ ބަލިކޮށް އާސެނަލް އިން ފެންވަރު ދައްކާލައިފި

ހާލަންޑަން އެންމެ ފަހުން ކުޅުނު 12 މެޗުގައި ލަނޑުޖަހައި ރޮނާލްޑޯގެ ރެކޯޑާއި އަރައި ހަމަކޮށްފި
