logoEN
Sto top
ރާއްޖޭގެ އެންމެ އުފާވެރި ދުވުން ޑިސެމްބަރ 19 ގައި ހުޅުމާލޭގައި: ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ރާއްޖޭގެ އެންމެ އުފާވެރި ދުވުން ޑިސެމްބަރ 19 ގައި ހުޅުމާލޭގައި: ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

10/20/2025, 7:21:33 PM

# އުރީދޫ މޯލްޑިވްސް

-

އަންނަ ޑިސެމްބަރު މަހު ހުޅުމާލޭގައި ބާއްވަން ތާވަލުކޮށްފައިވާ އުރީދޫ ފަން ރަން 2025އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާފައި އެވެ.

Wamco

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި އުރީދޫން ސިފަކުރާ މި ދުވުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ 19 ޑިސެމްބަރ 2025 ގައި ހުޅުމާލޭގައި އެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

މި ދުވުމުގައި 14 ނޮވެމްބަރ 2025 ވާ ހުކުރު ދުވަހުގެ 23:59 ގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ފުރުމުގެ ކުރިން ކުރީބައިގައި މޫލީ މެދުވެރިކޮށް ރަޖިސްޓްރީ ވާން ހުރިހާ ފަރާތްތަކަށް އުރީދޫން ވަނީ ދައުވަތު ދީފައި އެވެ.

ބައިވެރިންނަށް ދެ ކިޓް އޮޕްޝަނެއް އިޚްތިޔާރު ކުރެވޭނެ:
  1. ސްޓޭންޑާޑް ކިޓްސް• – 110 ރުފިޔާ: ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ
  2. ފަން ކިޓްސް - 210 ރުފިޔާ: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ

ފަން ކިޓްގެ ބިބް ކަސްޓަމައިޒް ކުރުން 31 އޮކްޓޫބަރ ގެ ނިޔަލަށް އިތުރު އަގަކާ ނުލާ ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތްތަކުގައި 6500 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC