logoEN
Sto top
ކާނާގެ ޔަޤީންކަމާއި ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރުކުޑަކުރަން ޖެހޭ - އާދަމް ޝަރީފް

ކާނާގެ ޔަޤީންކަމާއި ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރުކުޑަކުރަން ޖެހޭ - އާދަމް ޝަރީފް

އަހުމަދު ޝުރާއު

logo

10/19/2025, 2:01:56 PM

# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ

-

ކާނާގެ ޔަޤީންކަމާއި ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު މިއަދު ކުޑަކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

Wamco

އެ މަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން އިންތިޒާމުކޮށްގެން އިއްޔެ ހުޅުމާލޭގައި ބޭއްވި "ފެހި ދިރުން އެކްސްޕޯ" ހުޅުވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމާ ގުޅިފައިވާ އަދި ޤައުމެއްގެ ނިސްބަތުގައި އެ ޤައުމެއްގެ ޤައުމީ ސަލާމަތާ ގުޅުންހުރި ވަރަށް މުހިންމު ދާއިރާއެއް ކަމަށެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ވެސް ދަނޑުވެރިކަން ކުރަމުން އަންނަ ޤައުމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ދަނޑުވެރިކަމުގެ މުހިންމުކަން މިހާރު މި ވަނީ ކުރިއަށް ވުރެ ބޮޑުވެފައި ކަމަށެވެ.

''ކާނާގެ ޔަޤީންކަމާއި ބޭރު ޤައުމުތަކަށް ބަރޯސާވާ މިންވަރު މިއަދު މި ވަނީ ކުޑަކުރަން ޖެހިފައި. މި ކަމުގައި އެންމެ ކުރީ ސަފުގައި ތިބީ ހީވާގި ދަނޑުވެރިން އަދި ދަނޑުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތައް'' މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ދަނޑުވެރިކަން މިއަދު މިވަނީ ފުޅާވަމުންގޮސް ބިންކުޑަ ތަންކޮޅުގައި ވެސް ކާބޯތަކެތި އުފެއްދޭ ގޮތް ވެފައި ކަމަށެވެ. މިއަދު ރާއްޖޭގެ ބައެއް ގޭގައި އަމިއްލަ ބޭނުމަށް ފުދޭވަރަށް ވުރެ އިތުރަށް ފަތްޕިލާވެލީގެ ތަފާތު ވައްތަރުތަކާއި، މިރުހާއި އަދި މޭވާގެ ވައްތަރުތައް ބައެއް ފަރާތްތަކުން ހައްދާ ކަމަށެވެ. އެއީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ގަސްހެއްދުމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ފުރިހަމަކަމެއް ގެނެސްދޭ ކަމެއް ކަމަށެވެ.

''ޤުދުރަތީ ފެހިކަމުން ވަރަށް ބޮޑަށް ހިތްހަމަޖެހުން ގެނެސްދޭ. މި ގޮތުން ގޭގައި ކާބޯތަކެތީގެ ގަހާއި މާގަސް ހެއްދުން އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަމުން ދިއުމަކީ އުފާވެރިކަމެއް'' މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ ވާހަކަފުޅުގައި ދިރިއުޅުމުގެ ވައްޓަފާޅިއާއި ބިމުގެ ޖާގައިގެ ދަތިކަމާއެކު ވެސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރެއްވި އެވެ.

ރައްޔިތުންގެ ބައިވެރިވުމާއެކު ރާއްޖޭގެ ހުރިހާ ރަށަކީ ވެސް ބަގީޗާތަކުން ޒީނަތްތެރި ކުރެވިފައިވާ މާހައުލަކަށް ބަދަލުކޮށްލުމަށް މިނސްޓަރ ގޮވައިލެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC