logoEN
Sto top
ކޮޅުވެއްޓި ބަންޑުންޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ ތިން ވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ

ކޮޅުވެއްޓި ބަންޑުންޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ ތިން ވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ

އަހުމަދު ޝުރާއު

logo

10/19/2025, 5:11:45 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މިމަހުގެ 16 ވަނަ ދުވަހުގެ ދަންވަރު ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިން ވަނަ މީހާގެ ހަށިގަނޑު މިހާރު ފެނިފައިވާކަން ސިފައިން ހާމަކޮށްފި އެވެ.

Wamco

7 މީހުންނާއިއެކު ދަތުރުކުރަމުންދަނިކޮށް ކ.ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން "އަލްމާކް-ފިޔަ" ނަމަކަށް ކިޔާލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި 3 މީހަކު ގެއްލުނެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިދޭސީންނެވެ.

ގެއްލުނު މީހުންގެ ތެރެއިން ދިވެހި ފަޅުވެރިޔާގެ ހަށިގަނޑު ކަނޑުގެ އަޑިން، އެދުވަހުގެ ހެނދުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ނަގާފައި އެވެ. އަދި އެދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ގެއްލުނު ބިދޭސީންގެ ތެރެއިން އެކަކުގެ ހަށިގަނޑު ވަނީ ފެނިފައި އެވެ.

އެމްއެންޑީއެފުން ދާދި ދެންމެ އަކު ބުނީ ންބަންޑުން ޖަހާލައި، އަޑިއަށް ދިޔަ "އަލްމާކް-ފިޔަ" ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު ވަނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ 16 ވަނަ ދުވަހުގެ މެންދަމު 03:08 ހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާއިއެކު، މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ޑައިވަރުންނާ އެކު އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފެށިއެވެ. ސިފައިންނަށް އެސަރަހައްދަށް ދެވުނު އިރު ގެއްލުނު ތިން މީހުން ފިޔަވައި ބާކީ ތިބި 4 މީހުން ތިބޭ ބަންޑުންޖަހާލާފައި އޮތް ކޮޅުވެއްޓި މަތީގައި އެވެ.

އެމްއެންޑީއެފުން މައުލޫމާތުދޭގޮތުގައި ލޭންޑިންގ ކްރާފްޓް ބަންޑުންޖަހާލީ މާލެއިން ފުރައިގެން ކ.އެރިޔަދޫ ރިސޯޓަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް، ކ.ތުޅާގިރި ކައިރިއަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC