
-
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހދ ހަނިމާދޫއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހަނިމާދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މައްސަަލައިގައި ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހދ ހަނިމާދޫ ޑޯންޝައިން އުމުރުން 40 އަހަރުގެ އަހުމަދު އަޒުމީ އެވެ.
ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 6 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެތަކެތީގެ ވަގުތީ ބަރުދަނުގައި 8.2 ގްރާމް ހުރި ކަމަށެވެ.
އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

މަސްތުވާތަކެއްޗާއިއެކު ހަނިމާދޫއިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ބޭނުންނުކޮށް ގިނަދުވަސް ވެފައިވާ އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފި
