logoEN
Sto top
އައްޑޫ ވޯޓު: ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

އައްޑޫ ވޯޓު: ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

އަހުމަދު ޝުރާއު

logo

10/18/2025, 10:00:42 AM

# އައްޑޫ ސިޓީ ކައުންސިލް

-

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްނަގާ ޢާންމު ވޯޓު 2025 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2025 އޮކްޓޫބަރު 18 ވާ ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 ގެ ނިޔަލަށް ވަގުތު އިތުރުކޮށްފިއެވެ.

Wamco

މި ވޯޓު ނެގުމުގައިގައި ރަޖިސްޓަރީ ވާންޖެހޭ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ތެރެއިން، ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކޮށް، މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކުން ވޯޓުލުމަށް ރަޖިސްޓަރީވުމަށް ހުށަހަޅަންވާނެ ކަމަށް އީސީން ބުނެއެވެ.

އެގޮތުން ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އެ ކޮމިޝަނުގެ، 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް'form.elections.gov.mv) (ނުވަތަ 'މައި ޕޯޓަލް (my.elections.gov.mv( މެދުވެރިކޮށް އޮންލައިން ކޮށެވެ.

ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މަޢުލޫމާތު ހިމެނޭ ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓުގައި އަދި އެކޮމިޝަނުގެ ވެބްސައިޓުގައި ވަނީ ޢާންމުކޮށްފައެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު، ޗެކްކުކުރުމަށް ބޭނުންުވާ ފަރާތްތަކުން VR (Space) NID No ޖެއްސެވުމަށްފަހު 1414 އެސް.އެމް.އެސް ފޮނުވުމުން ނުވަތަ pprvr.elections.gov.mv މެދުވެރިކޮށް ޗެކްކުރެވޭނެއެވެ.

އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC