logoEN
Sto top
މިއަދުވެސް މުޅި ރާއްޖެ ހުދު ސަމާލުގައި!

މިއަދުވެސް މުޅި ރާއްޖެ ހުދު ސަމާލުގައި!

އަހުމަދު ޝުރާއު

logo

10/17/2025, 8:30:30 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

-

މޫސުން ގޯސްވެ މިއަދުވެސް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:30 އިން ފެށިގެން ހަވީރު 15:30 ގެ ނިޔަލަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

ހުދު ސަމާލު ނެރުނު އިރު މިހާރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ދަނީ ވިއްސާކުރަމުންނެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެ ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ރާއްޖޭގެ ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވެ ވައިބާރުވުމާއިއެކު ކަނޑުތައް ގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިމަހުގެ 17 އިން 20 ވަނަ ދުވަހަށް ވައިބާރުގެ ވިލާގަނޑުގައި އިތުރަށް ވައިގަދާނެ ކަމަށާއި އާއްމުކޮށްވެސް ކަނޑުތައް ގަދަވެވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

މީގެ އިތުރުން އެކި ހިސާބުތަކަށް ވިއްސާރަކުރުމާއިއެކު ގުގުރުމާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ވަކީން ޚާއްސަކޮށް ދަތުރުވެރީން މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމާއިއެކު މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC