
ފުވައްމުލަކުގައި އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމް ފެށިގެން ކުރިޔަށް!
# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ-
ޏ ފުވައްމުލަކުގައި އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމް ފަށައިފި އެވެ.

އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން މައުލޫމާތުދޭގޮތުގައި ފުވައްމުލަކުގައި ކުރިއަށްދާ އިމާމުންނާއި ޒުވާން ޚަޠީބުން ތާޒާކުރުމުގެ ޕްރޮގްރާމްގައި 42 ފަރާތަކުން ވަނީ ބައިވެރިވެފައި އެވެ.
މި ޕްރޮގުރާމުގަކީ ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް މި ޕްރޮގުރާމުގެ ތެރެއިން އިމާމުންގެ ޝަޚްޞިއްޔަތު ބިނާ ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ.
އިމާމުން ތަމްރީން ކުރުމާއި އިތުރު ތަމްރީންގެ ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ އިމާމުން މީގެ ކުރީން ވަނީ ރާއްޖެއިން ބޭރަށް ތަމްރީންތަކަށް ގޮށްފައި އެވެ.








